ޢާއްމުކޮށް ކުރެވޭ ސުވާލުތައް

ދުނިޔޭގެ ކުންފުންޏެއްގެ ގޮތުގައި، ކޮކާ-ކޯލާ އިން 206 ޤައުމެއްގައި ހިންގަމުންދެއެވެ. މި ޤައުމުތަކުގެ އިޤްތިޞާދީ، ސިޔާސީ އަދި ދީނީ ވިސްނުންތައް ތަފާތެވެ. ކޯކާ-ކޯލާ ކުންފުނިން އެއްވެސް ޤައުމެއް، ސަރުކާރެއް ނުވަތަ ސިޔާސަތެއް، ސިޔާސީ ނުވަތަ ދީނީ ކަމަކަށް ހިތްވަރެއް ނުދެއެވެ.

ކޯކާ-ކޯލާ އިން އިސްރާއީލަށް ހަދިޔާ ދޭކަމުގެ ވާހަކައަކީ ދޮގެކެވެ.

ކޮކާ-ކޯލާ ކުންފުނިން 206 ޤައުމެއްގައި ހިންގަމުންދެއެވެ. މި ޤައުމުތަކުގެ އިޤްތިޞާދީ، ސިޔާސީ އަދި ދީނީ ވިސްނުންތައް ތަފާތެވެ. މިކުންފުނިން އެއްވެސް ޤައުމެއް، ސަރުކާރެއް ނުވަތަ ސިޔާސަތެއް، ސިޔާސީ ނުވަތަ ދީނީ ކަންކަމެއްގައި ޝާމިލެއްނުވެއެވެ.

ކުންފުނީގެ ސިޔާސަތުގެ ގޮތުން، ކޯކާ-ކޯލާ ކުންފުނިން ޝައްކުވެރި ޚަބަރުތަކާ މެދު ޚިޔާލު ފާޅެއް ނުކުރެއެވެ.

ދުނިޔޭގެ ކުންފުންޏެއްގެ ގޮތުގައި 206 ޤައުމެއްގައި ހިންގަމުންދާ، އަދި މި ޤައުމުތަކުގެ އިޤްތިޞާދީ، ސިޔާސީ އަދި ދީނީ ފަސްމަންޒަރު ތަފާތު ކުންފުންޏެއްގެ ގޮތުގައި، ކޯކާ-ކޯލާ ކުންފުނިން އެއްވެސް ޤައުމެއް، ސަރުކާރެއް ނުވަތަ ސިޔާސަތެއް، ސިޔާސީ ނުވަތަ ދީނީ ކަންކަމެއްގައި ޝާމިލެއްނުވެއެވެ. ކޯކާ-ކޯލާ އިން އިސްރާއީލަށް އެއްވެސް ހަދިޔާއެއް ދީފައިވާކަމުގެ ދަޢުވާއަކީ ދޮގެކެވެ.

ނޫނެކެވެ. ކޮކާ-ކޯލާ އަކީ އާންމުކޮށް ހުޅުވާލައިގެން ހިއްސާ ވިއްކައިގެން ވިޔަފާރިކުރެވޭ ކުންފުންޏެކެވެ؛ ހިއްސާތައް ނިއު ޔޯކް ސްޓޮކް އެކްސްޗޭންޖްގައި ގަނެވިއްކެއެވެ.

ނޫނެކެވެ. ކޮކާ-ކޯލާ އިން އެއްވެސް ޤައުމެއްގެ ސިފައިންނަށް ފައިސާއެއް ނުދެއެވެ.

އަޅުގަނޑުމެންގެ ބުއިންތައް 131 އަހަރު ވަންދެން ބޭނުންކުރަމުން އައިސްފައިވަނީ އޭގެ ރަހަ ރަނގަޅުވެގެންނެވެ. ކޯކާ-ކޯލާގައި ހިމެނެނީ ހަކުރާއި ކެފީނެވެ. ހަކުރު މެދުމިނުގައި ބޭނުންކުރުމަކީ ރަނގަޅުކަމެއް ނަމަވެސް، ގިނައިން ބޭނުންކުރުމަކީ އެއްވެސް މީހަކަށް ރަނގަޅުކަމެއް ނޫނެވެ. އެހެން ހުރިހާ ކާނާއެއް އަދި ބުއިމެއް ފަދައިން، ހަކުރު އެކުލެވޭ ސޮފްޓް ބުއިންތައްވެސް ހަމަހަމަ ދިރިއުޅުމެއްގެ ބައެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. އެއީ މީހުން އެކަށީގެންވާ ވަރަށްވުރެ ގިނައިން ބޭނުން ނުކުރާހާ ހިނދަކުއެވެ.

ކަސްޓަމަރުންނަށް އެމީހުންގެ ހަކުރާއި ކެލަރީ ބޭނުންކުރާ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދިނުމަށްޓަކައި އެކަން އިސްކުރުމުގެ ފުރުޞަތު ދިނުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން އަޅުގަނޑުމެން ވަރަށް މީރު، ހަކުރާއި ކެލަރީ މަދު ނުވަތަ  ނެތް ބުއިންތައް ފޯރުކޮށްދެމެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ގިނަ ބުއިންތައް ކުދި ޕެކް ސައިޒުތަކުގައި ލިބެން ހުރެއެވެ.

އަދި އަޅުގަނޑުމެންގެ ބުއިންތަކުގައި ހިމެނޭ ހަކުރާއި ކެލަރީގެ މިންވަރުގެ މަޢުލޫމާތުވެސް ފޯރުކޮށްދެމެވެ. އެއީ މީހުންނަށް އެމީހުންނަށާއި އެމީހުންގެ ޢާއިލާތަކަށް އެކަށޭނަ ގޮތް ޚިޔާރުކުރެވޭނެ ގޮތަށެވެ.   

އާނއެކެވެ. ކޮކާ-ކޯލާއަށް ހޫނުކުރުމުން އޭގައި ހިމެނޭ ފެން އެ ބުއިމުން ނެތިގެންދެއެވެ. ފެނުގެ ބޮޑު ބައި ނެތިދިއުމުން، ހަކުރު އަނދަން ފަށައެވެ. އޮރެންޖު ޖޫސް ނުވަތަ އެހެން ހަކުރު އެކުލެވޭ ދިޔާ އެއްޗެއް ދިގު މުއްދަތަކަށް ކައްކައިފިނަމަ، އެއާ އެއްގޮތް ނަތީޖާއެއް ފެންނާނެއެވެ.

ޙަޤީޤަތް.

ކޮކާ-ކޯލާ ކުންފުންޏަށް ވަނީ އީމެއިލްތަކެއް ދައުރުވަމުންދާކަމާއި އިންޓަނެޓް ވެބްސައިޓްތަކުގައި ޕޯސްޓްތަކެއް ކުރެވެމުންދާކަން އެނގިފައެވެ. މި ޕޯސްޓްތަކުގައި ހަޤީޤަތާ ޚިލާފަށް މީހުންނަށް ވަޒީފާ ހުށަހަޅައެވެ.

ބައެއް ޙާލަތްތަކުގައި، މި ކަންތައްތައް ކުރާ މީހުން ވިކްޓިމުންނާ ގުޅައި، ދޮގުކޮށް އެމީހުންނަށް ވަޒީފާ ދޭކަމަށް ބުނެފައިވެއެވެ. އެއީ އިތުރު އަމިއްލަ އަދި މާލީ މަޢުލޫމާތު ހޯދުމަށެވެ. އަދި ބައެއް ޙާލަތްތަކުގައި އެމީހުންނަށް ސައްޙަ ނޫން ޗެކްތައް ހުށަހަޅައި އެމީހުންނަށް ފައިސާ ފޮނުވުމަށް އެދިފައިވެއެވެ.

ކޮކާ-ކޯލާ ކުންފުނިން މިފަދަ ލިސްޓިންތަކާ އެއްވެސް ގެސް ގުޅުމެއް ނުބާއްވައެވެ. ސައިޓްތަކުގައި ނުވަތަ އީމެއިލްތަކުގައި ލިސްޓްކޮށްފައިވާ ވަޒީފާތަކަކީ ޙަޤީޤީ ވަޒީފާތަކެއް ނޫނެވެ. އަޅުގަނޑުމެންނަކީ އެކަމުގެ ސްޕޮންސަރެއް ނޫނެވެ. އަދި އަޅުގަނޑުމެންގެ ނަމާއި ޓްރޭޑްމާކްތައް މިތަނުގައި ބޭނުންކޮށްފައިވަނީ ހުއްދައަކާ ނުލައެވެ.

މިއީ "ފިޝިންގ" ގެ ނަމުގައި މަޝްހޫރު މަކަރުގެ ބާވަތެއްކަމަށް ބެލެވެއެވެ. މީގައި މަކަރުވެރިން ވިކްޓިމުންނާއެކު ގުޅުން ބަދަހިކުރަން މަސައްކަތްކުރެއެވެ. އެއީ އަމިއްލަ އަދި މާލީ މަޢުލޫމާތު ހޯދުމަށްޓަކައެވެ. އީމެއިލް މަކަރެއް ނުވަތަ ފިޝިންގ ކެމްޕޭނެއްގެ ބައެއްކަމަށް ދައްކުވައިދޭ އާންމު ނިޝާންތަކުގެ ތެރޭގައި ހިމެނެނީ:

އީމެއިލްގައި ހުންނަ އިމްލާ އަދި ގްރެމަރގެ ކުށްތައް؛

ކުންފުނީގެ ޓްރޭޑްމާކްތައް ރަނގަޅަށް ބޭނުން ނުކުރުން؛

ފޮނުވާ ފަރާތުން ހިލޭ، ކުންފުނީގެ ނޫން އީމެއިލް އެކައުންޓްތައް ބޭނުންކުރުން (މިސާލަކަށް ޔާހޫ!، އޭއޯއެލް، ޖީމެއިލް އަދި ހޮޓްމެއިލް)؛

އަމިއްލަ މަޢުލޫމާތަށް އެދުމާއި އަވަހަށް މާލީ ފައިދާ ލިބޭނެކަމުގެ ވަޢުދު.

ޖުމްލަ ގޮތެއްގައި، އެއްޗެއް ޙަޤީޤަތަށްވުރެ މާ ރަނގަޅު ކަމަށް ފެންނަނަމަ، އެއީ ގިނަފަހަރަށް ދޮގެކެވެ. މި އީމެއިލްތަކަށް ނުވަތަ ސިޓީތަކަށް އެއްވެސް މަޢުލޫމާތަކާއެކު ޖަވާބު ނުދޭށެވެ. މިފަދަ އީމެއިލެއް، ސިޓީއެއް ނުވަތަ ވެބްސައިޓަކާ ގުޅިގެން އެއްވެސް އަމިއްލަ މަޢުލޫމާތެއް ދީފައިވާނަމަ، އަހަރެމެން ލަފާ ދެނީ ވަގުތުން އެ މަޞްދަރާއެކު ހުރިހާ މުޢާމަލާތެއް ހުއްޓާލުމަށެވެ. އަދި އަމިއްލަ މަޢުލޫމާތާއި ޕްރައިވަސީ ރައްކާތެރިކުރުމަށް ކުރިއަށް ދާނެ ގޮތުގެ ލަފައަކަށް ޤައުމީ އިދާރާތަކާ ގުޅުމަށެވެ.

އަދިވެސް ސުވާލުތަކެއް އެބަހުރި ހެއްޔެވެ ?